ހދ. ވައިކަރަދޫގައި 50 ހައުސިން ޔުނިޓް އަޅަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރުއެވެ.
މި މަޝްރޫއުގެ ދަށުން ވައިކަރަދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 3 ކޮޓަރީގެ 50 އެޕާޓްމަންޓް ހިމެނޭ ހައުސިން ޔުނިޓްތަކެކެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާތާ 480 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

