ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ) އިން ހަމަނޭވާ ލާނީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ފަހުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު، މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ނަތީޖާ ހިއްސާ ކުރައްވައި މުހައްމަދު އިސްމާއީލް ވިދާޅުވީ، ނަތީޖާތަކުން ބުނެދޭ ހަގީގަތަކީ ރައްޔިތުންގެ ތެރެއިން ބޮޑު އިންސައްތައެއްގެ ފުރިހަމަ އިތުބާރާއި ތާއީދު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއަށް އޮތްކަން ކަމަށެވެ.

އޭނާ ވަނީ މިކަމަށްޓަކައި އޭނާ ވަނީ ރައްޔިތުންނަށް ޝުކުރު ވެސް އަދާ ކުރައްވައިފައެވެ.

މުހައްމަދު އިސްމާޢީލް ފާހަގަކުރެއްވި ގޮތުގައި، މި ކާމިޔާބީތަކަކީ ރައީސް މުއިއްޒުގެ ސިޔާސަތުތަކަށް ރައްޔިތުން ދޭ ތަރުހީބުގެ ނަތީޖާއެވެ.