ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ތުރުކީ އަށް ފުރާވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ މިއީ އިންޓަރ-ޕާލިމެންޓަރީ ޔުނިއަންގެ 152 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރެއް ކަމަށެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ އަރިހުގައި، މި ދަތުރުގައި މަޖިލީހުގެ ބައެއް މެންބަރުންނާއި މަޖިލިސް އިދާރާގެ މުވައްޒަފުންތަކެއް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މަޖިލީހުގެ ރައީސް މިއަދު ތުރުކީ އަށް ފުރާވަޑައިގަތް އިރު، މަޖިލީހުގެ ޖަލްސާތައް މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ފެށީ މިއަދެވެ.