އައްޑޫ ސިޓީގައި ބިޒްނަސް ފޯރަމެއް ބާއްވަން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، 2027 އިން 2029 އަށް އައްޑޫ އަތޮޅުގައި ވިޔަފާރިކުރާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދީގެން ވިޔަފާރިތައް ކުރިއެރުވުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށާއި، އެ އަމާޒު ހާސިލްކުުރުމަށް އައްޑޫ ސިޓީ ވިޔަފާރިވެރިންނާ ބައްދަލުކުރުމަށް މި މަހުގެ 13 އަދި 14 ގައި ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އެ ފޯރަމްގައި ވިޔަފާރިވެރިންނަށް ހުރި ފުރުސަތުތަކާއި ހުރި ލުއިތަކުގެ މައުލޫމާތު އިންވެސްޓަރުންނަށް ފޯރުކޮށްދޭނެ ކަމަށެވެ.
މި ބައްދަލުވުމުގައި ކަމާގުޅުންހުރި ގިނަ ވުޒާރާތަކަކުން ބައިވެރިވާނެ ކަމަށާއި، އޭގެ ތެރޭގައި ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ، ފަތުރުވެރިކަމާ ބެހޭ ވުޒާރާ އަދި މާލީ ވުޒާރާގެ އިތުރުން ކަމާގުޅުންހުރި އެހެނިހެން މުއައްސަސާތައް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އައްޑޫ ސިޓީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ހަބެއްގެ ގޮތުގައި ތަރައްގީކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

