ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް ވަކިކުރުމަށް ގަރާރެއް ހުށަހަޅައިފިއެވެ.
މަޖިލީހުން ކުރި ޕޯސްޓެއްގައި ބުނީ މަޖިލީހުގެ ނައިބު ރައީސް، ނާޒިމް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.
މި މައްސަލަ ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ކަމަށްވެސް މަޖިލީހުން ބުނެފައިވެއެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިވާނީ ދެ ހާލަތެއްގައެވެ.
އެއީ އެ މެންބަރަކު މެންބަރުކަމުން ވަކިވުމުންނާއި އެ މީހަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްވުމުންނެވެ.
ނާޒިމް މަގާމުން ވަކި ކުރަން މަޖިލީހަށް ގަރާރެއް ހުށަހެޅިއިރު، ވެރިކަން ކުރާ ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު، އަދި އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަވާ އިބްރާހީމް ފަލާހު އިއްޔެ މީޑިއާ އަކަށް ވިދާޅުވީ، ނާޒިމްގެ މައްޗަށް އެ ޕާޓީގެ އިތުބާރު މިހާރު ގެއްލިފައިވާ ކަމަށާއި، އޭނާ މަގާމުން ވަކިކުރުމަށް ބޭނުންވާ ސޮއި މިހާރު ހަމަކޮށްފައިވާ ކަމަށެވެ.

