މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގަ، ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް ބޯކޯށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށް ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފިއެވެ.
މިއަދުގެ 18:00 އަށް މޫސުން ލަފާކޮށް މެޓުން ބުނެފައި ވަނީ، މެދުރާއްޖެތެރެ އާއި އުތުރުގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއި އެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.
އަދި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށާއި، ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން ރަނގަޅުވާނެ ކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފައެެވެ.
ދެކުނާއި ހުޅަނގު ދެކުނުން ދެކުނު އަތޮޅުތަކަށް ގަޑިއަކު ފަސް މެލާއި 15 މޭލު ދެމެދު ބާޜުމިނުގައި ވައިޖެހޭ ކަމަށާއި، އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭ ކަމަށް މެޓުން ބުނެއެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން މައުލޫމާތު ދީފައިވެއެވެ.

