އިތުރުން ތިން ރަށެއްގައި ޕޮލިސް ސްޓޭޝަން ހުޅުވައިފިއެވެ.

Advertisement
Advertise with us

އެ ތިން ރަށަކީ ލ. ހިތަދު އާއި ނ. މާފަރާއި އެ އަތޮޅު ފޮއްދޫ ޕޮލިސް ސްޓޭޝަނެވެ.

އިއްޔެ މި ތަންތަން ހުޅުވައި ދެއްވީ ހޯމްލޭންޑް މިނސްޓަރު އަލީ އިހްސާނާއި ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދެވެ.

ހިތަދޫ ޕޮލިސް ސްޜޭޝަންގެ ބިންގާ އެޅީ މިދިޔަ އަހަރުގެ އޮކްޓޯބަރު 20 ގަ އެވެ. އަދި މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އެވެ.

މާފަރު ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅީ މިދިޔަ އަހަރުގެ ޖުލައި 21 ގަ އެވެ. އަދި ފޮއްދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އެ އަހަރުގެ ޖުލައި 23 ގައެވެ.

މި ދެ ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ މަސައްކަތް ވެސް ކުރީ އެމްޓީސީސީންނެވެ.