ސިޔާސީ ހައްޔަރީން މި ގައުމުގައި ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

Advertisement
Advertise with us

އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާއިން ގެނެސްދޭ ”ހަފުތާ 156“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަބްދުއްރަހީމް ވަނީ ގައުމެއްގައި ހަމަޖެހުން ދެމިއޮތުމުގެ އެންމެ މުހިންމު ބިންގަލަކީ އަދުލު އިންސާފު ގާއިމުވެފައި އޮތުންކަން ފާހަގަކުރައްވައިފައެވެ.

އެގޮތުން ޒާތީ ކަންކަމާއި ސިޔާސީ ވިސްނުންތަކުން އެއްކިބާވެ ސަރުކާރުން އިސްކުރަނީ ގައުމީ ވިސްނުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ސަރުކާރަށް ތިން އަހަރު ފުރިގެންދާއިރު ސިޔާސީ އެއްވެސް ވިސްނުމެއްގައި ނުވަތަ ބޭނުމެއްގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުހުންނާނެ ކަމަށް ވިދާޅުވިއެވެ.

”ސިޔާސީ ހައްޔަރީންނެއް މިއަދު މިގައުމުގައި ނުތިބޭނެ. އެއީ އެންމެ ބޮޑު ކާމިޔާބު އަދި ކުރިއެރުން އެމަނިކުފާނު ހޯއްދެވި. ހަަމަމިއާއެކު އަދުލު އިންސާފު ގާއިމުކުރުމުގައި އެއްވެސް ފަންތިއަކަށް އަދި ގިންތިއަަކަށް އެމަނިކުފާނު ނުބެއްލެވުން.“ އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީ އަކީ، އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ގައުމުގައި ހަމަޖެހުން ގާއިމުކޮށްދިނުމެވެ. އެގޮތުން ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔާތްކޮށް ރައްކާތެރިކުރުމަށްޓަކައި އެމަނިކުފާނު ދަންމަވާލެއްވި ރޮނގު ހުރަސްކުރުމަށް އެއްވެސް ފަރާތަކަށް ފުރުސަތު ނުދެއްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ފާއިތުވި ސަރުކާރުތަކަށް ހާސިލު ނުކުރެވުނު އެތައް ކަމެއް މި ސަރުކާރުން ތިން އަހަރުގެ ތެރޭގައި ކުރި ކަމަށް ވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.