މިއީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގެ މަސައްކަތް ހަލުވި ކުރަންވީ ވަގުތު ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

Advertisement
Advertise with us

ސަރުކާރަށް ތިން އަހަރުވުމާ ގުޅިގެން ޣައްސާން ވިދާޅުވީ، ޕީ.އެން.ސީ. ގެ ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ތަހުނިޔާ ދަންނަވާ ކަމަށެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕާޓީގެ ފަރާތުން ކުރި ކެންޕެއިނުގައި ރައްޔިތުންނާ ގާތުން މަސައްކަތްކުރި އެކެއްގެ ހައިސިއްޔަތުން، އެ ދުވަހު ރައްޔިތުން މި ފިކުރަށް ކުރެއްވި އިތުބާރަށާއި ދެއްވި ވޯޓަށް މިއަދު ވެސް ޝުކުރުދަންނަވާ ކަމަށާއި، މި ވަގުތަކީ އެ ދުވަސް ހަނދާނަށް ގެންނަންވީ ވަގުތު ކަމުގައި އޭނާ ވިދާޅުވިއެވެ.

”އެ ދުވަހު ރާއްޖޭގެ އުތުރުން ދެކުނަށް، އިރުން ހުޅަނގަށް، އެންމެހައި ރައްޔިތުންނަށް ވީ ވަޢުދުތައް، ރަނުންރަނަށް ފުއްދުމުގެ މަސައްކަތް ހަލުވި ކުރަންވީ ވަގުތެވެ.“ ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ކުރެއްވި ޕޯސްޓު ނިންމަވައިލައްވަމުން، ޕާޓީގެ ގައުމީވަންތަ އަސާސްތަކާއި ވައުދު ފުއްދުމުގެ ފަލްސަފާ އަދިވެސް އިސްކުރައްވައި، ދިވެހި ލޮބުވެތި ރައްޔިތުންގެ މެދުގައި ޕާޓީގެ ފިކުރަށް އޮންނަ އިތުބާރު ދަމަހައްޓަވައިދެއްވުމަށް ޕާޓީގެ ލީޑަރޝިޕަށް އިލްތިމާސްކުރެއްވިއެވެ.