ހުޅުމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރު ސަމިއްޔާ އާއި އެދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު އެދާއިރާގެ ކަނބަލުންނަށް ހާއްސަކޮށްގެން ބާއްވާ ފަހާ ކޯސް މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު އިފްތިތާހް ކޮށްދެއްވައިފިއެވެ.

Ads by Asuru

މި ކޯހަކީ ކަނބަލުން ބާރުވެރި ކުރުވުމުގެ މަގްސަދުގެ ތެރެއިން ކުރިއަށް ގެންދާ ކޯހެކެވެ. އެނގިފައިވާ ގޮތުގެ މަސް ދުވަހަށް ކުރިއަށް ގެންދާ މި ކޯހުގެ ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނުނަގާނެއެވެ.

އަދި އަމިއްލަައަށް ހެދުން ކަނޑައިގެން ފަހަން ދަސްވާވަރަށް، ފެހުމުގެ ބޭސިކް ކަންކަން މި ކޯހުގެ ބައިވެރިންނަށް ކިޔައިދޭނެއެވެ.