ޕީޕީއެމް/ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީގައި މާފަންނު މެދު ދާއިރާއަށް ވާދަ ކުރައްވާ ޑރ.ފާޠިމަތު ރަޝްމީ ނުވަތަ ގިނަ މީހުން ދަންނަ ނަމުން ނަމަ ރަޝްނީ އަކީ ޚިދުމަތުގެ ނަމޫނާއެކެވެ. އޭނާ އަކީ ދާއިރާއަށް އުފަން، ދާއިރާގެ ފަޚުރުވެރި ދަރިއެކެވެ.

Ads by Asuru

ޒުވާާން، ތަޢުލީމީ، ޤާބިލު މެމްބަރަކަށްވާނެ

ޒުވާާން، ތަޢުލީމީ، އަދި ޤާބިލުކަން ލިބިވަޑައިގެންފައިވާ ރަޝްނީ ޑޮކްޓަރަކަށް ވުމުގެ ދަތުރު ފުރިހަމަ ކުރެއްވީ ޗައިނާ އިން މެޑިކަލް ޑިގްރީ ޙާސިލު ކުރައްވައިގެންނެވެ.

އޭނާ އެނބުރި ރާއްޖެއަށް ވަޑައިގެންނެވުމުގެ ކުރިން ބަންގްލަދޭޝްއާއި ސްރީލަންކާ އަދި އިންޑިއާއިން ތަމްރީނު ހެއްދެވިއެވެ.

ތަޢުލީމީ ޙަޔާތް ނިންމަވައިލައްވައި، ރަޝްނީ އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޕާޓްޓައިމް ލެކްޗަރަރއެއްގެ ގޮތުގައެވެ. އޭނާ އަކީ މިހާރު ޞިއްޙީ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޑޮކްޓަރެކެވެ.

އެ ބޮޑު ޒިންމާއާއިއެކު ވެސް ރަޝްނީ ދަނީ އެކި ގޮތްގޮތުން ޤައުމަށް ޚިދުމަތް ކުރައްވަމުންނެވެ. ރަޝްނީ ޚާއްޞައީ ހަމައެކަނި ޞިއްޙީ ފަރުވާއަކަށް ނޫނެވެ. ޞިއްޙީ ދާއިރާ އިން ގިނަ މަސައްކަތްތަކެއް އޭނާ ކުރެއްވިއެވެ. ކޮވިޑް-19ގެ ޢާލަމީ ވަބާއާއި ގުޅޭ ދިރާސާއެއްވެސް ރަޝްނީ ވަނީ ހައްދަވައިފައެވެ.

 

ރަޝްނީ އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް

 

އިޖްތިމާޢީ ގިނަ ޚިދުމަތްތަކެއް ކުރައްވައިފައިވޭ

އެސޯސިއޭޝަން ފޮރ ސޯޝަލް ޑިވެލޮޕްމަންޓް އެންޑް އެއިޑް(އޭއެސްބީއޭ)ގައި ކުރައްވައިފައިވާ މަސައްކަތްތަކުން އެކަނިވެސް ރަޝްނީ މުޖްތަމަޢުގެ ކުރިއެރުވުމަށް ދެއްވާ އަހަންމިއްޔަތު ހާމަވެއެވެ. އޭނާ ވަނީ މުޖްތަމަޢުއަށް ކުރިމަތިވެފައިވާ އެކި މައްސަލަތަކާއި ގުޅޭ ޕްރޮގްރާމްތަކުން ފެށިގެން ގޮސް، އަންހެނުން ބާރުވެރި ކުރުވުމާއި، ނަފްސާނީ ބަލިތަކަށް ހޭލުންތެރި ކުރުވުމާއި، ޒުވާނުންނަށް ޚާއްޞަ ކުޅިވަރު ޕްރޮގްރާމްތައް އަމިއްލައަށް އިސް ނަންގަވައިގެން ބާއްވަވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގައި ތަޢުލީމީ މެމްބަރުން، ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރެއްވުމަކީ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތްކަމުގައިވާއިރު، ރަޝްނީ ވެސް ވިދާޅުވަނީ ތަޢުލީމީ ޒުވާނަކަށް ފުރުޞަތު ދިނުމުން، ތަފާތު ފެންނާނެ ކަމަށެވެ.