ކ.އަތޮޅުގެ ރަށެއްގައި އުމުރުން 14 އަހަރުގެ ޒުވާން އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެ، ރަށުތެރެ ހަލަބޮލިވެއްޖެއެެވެ.

Ads by Asuru

ފުލުހުން ބުނީ މި މައްސަލަ މިރޭ 6:30ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަަމަށެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާއަށް ބަޔަކު އަނިޔާ ކުރާތީ އެކަން އެކަން ހުއްޓުވަން ހަރަކާތްތެރިވި ފުލުހުންނަށްވެސް އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަދި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާއަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުން ބުނި ގޮތުގައި ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ އިތުރުން، ފުލުހުންނަށް ހަމަލާދިން މައްސަލަވެސް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަންނަނީ ބަލަމުންނެވެ.