އައު ސަރުކާރުން މަސައްކަތް ނިންމި އަމީނީ މަގުގެ ފަހު ދެ ސެގްމަންޓް ކަމަށްވާ، ސެގްމެންޓް 12 އަދި 13 ހޮނިހިރު ދުވަހު މުޅިން ހުޅުވައިލާނެއެވެ.

Ads by Asuru

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ 2022 ގައި ނަމަވެސް މަސައްކަތް ނުނިމި މިދިޔަ ސެޕްޓެމްބަރު މަހާ ހިސާބުން ފެށިގެން އޮތީ މަސައްކަތް މަޑުޖެހިފައެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ މެނޭޖްމަންޓުން އަމީނީ މަގުގެ މަސައްކަތް މިދިޔަ މަހުގެ 9 ގައި ފަށައި ތާރުއެޅުމުގެ މަސައްކަތް އެއްކޮށް ނިންމައިލީ މި މަހުގެ 6 ވަނަ ދުވަހުގެރޭ ފަތިހުއެވެ.

މިއަދު ނދުނު 6:00 ގައި އަމީނީމަގާއި އިއްޒުއްދީން މަގު ގުޅޭ ޖަންކްޝަން އަދި ކަނބާ އައިސާރަނި ހިނގުމާއި އަމީނީ މަގު ގުޅޭ ޖަންކްޝަން ޓްރެފިކަށް ވަނީ ހުޅުވައިފައެވެ.

އަދި ހޮނިހިރު ދުވަހު ހެނދުނު 6:00 ގައި އަމީނީމަގުގެ ސެގްމަންޓް 12 އަދި 13 މުޅިން ހުޅުވާލެވޭނެއެވެ.

އަމީނީމަގުގެ މަޝްރޫއު އާރްޑީސީއާ ހަވާލުކުރީ 84.4 މިލިއަން ރުފިޔާއަށެވެ. މަސައްކަތް ނިންމަން ދިނީ 210 ދުވަސް ނަމަވެސް އެ މަސައްކަތް ދިގުލައިގެން ގޮސް މިދިޔަ ސަރުކާރުން ފަހުން ބުނީ މަޝްރޫއު ނިންމާނީ އާ ސަރުކާރުން ކަމަށެވެ.