އދ. ދިގުރަށުގައި ކޮތަޅަކަށް ލައި އެއްލާލާފައި އޮއްވައި ފެނުނު ތުއްތު ކުއްޖާގެ ހަށިގަނޑު ރޭ ވަޅުލައިފިއެވެ.

Ads by Asuru

ތުއްތު ކުއްޖާގެ ހަށިގަޑު ވަޅުލާފައި މިވަނީ، ހަށިގަނޑު ފެނުނުތާ މަށް ދުވަސް ފަހުންނެވެ.

އެކުއްޖާ އެއްލާލާފައި އޮއްވާ ފެނުނީ ފާއިތުވި ޑިސެމްބަރުމަހުގެ 4 ވަނަ ދުވަހުއެވެ.

އެއަށްފަހު ތުއްތު ކުއްޖާގެ ހަށިގަނޑު ދެ ހަފުތާ ފަހުން ޕޯސްޓުމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާލާފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ.

ޕޯސްޓު މޯޓަމަށް ފަހު ޑިސެމްބަރ މަހުގެ 22 ވަނަ ދުވަހު ކުއްޖާގެ ހަށިގަނޑު ވަނީ މާލެ ގެނެސްފައިވާއިރު، ކުއްޖާގެ ހަށިގަނޑު މިހާތަނަށްވެސް ބާއްވާފައި އޮތީ ގަލޮޅު މޯޗަރީގައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ތުއްތު ކުއްޖާ ވަޅުލާފައި އާއިލާއާއި މަޝްވަރާ ކުރުމަށްފަހުއެވެ.

އަދި ކަށުނަމާދު ނުކޮށް ތުއްތު ކުއްޖާ ވަޅުލާފައިވަނީ އެއީ އައިރު މުސްލިމަކަށް ލިބިފައިވާ ކުއްޖަކަށް ވާތީއެވެ. ވަޅުލާފައި ރޭ 9:00 ގައި ހުޅުމާލެ ސަހަރާގައެވެ.