އެއްޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން އިތުރު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

Ads by Asuru

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިއަދު ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ.

އެނގިފައިވާ ގޮތުގައި، މި މައްސަލައިގައި އެންމެ ފަހުން ހައްޔަރު ކޮށްފައިވަނީ ނޫސްވެރިޔާ ނަސީރެވެ.

މި މައްސަލައިގައި ހައްޔަރު ކުރި އިތުރު މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ވެސް ހިމެނެއެވެ.

ނާޒިމްގެ ބަންދަށް މިއަދު ވަނީ ހަތް ދުވަސް ޖަހާފައެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެކީ އެއްޖިންސުން ގުޅުން ހިންގިކަމުގެ ކުށުގައެވެ.