ބޭނުންވާތަކެތި:

Ads by Asuru

3 ޖޯޑު ބަރަބޯ (މަށާ ކޮށާފައި)

½ ޖޯޑު ހަކުރު

20 ކާފޫރު ތޮޅި (ނޫނީ ބޭނުން ވަރަކަށް)

½ 1 ޖޯޑު ފެން (ނޫނީ ބަރަބޯތައް ނިވާވާވަރަށް)

1 މޭޒުމަތީ ސަމުސާ ތެޔޮ

ހަދާނެގޮތް:

އެންމެ ފުރަތަމަ ބޮޑު ތެއްޔަކަށް ފެނާއި ބަރަބޯ އެޅުމަށްފަހު ބަރަބޯތައް ފެނު ކައްކާށެވެ. ރަނގަޅަށް މަޑުވުމުން ނަގައި ފުރާނާށެވެ. އެއަށް ފަހު، ތެއްޔެއްގެ ތެރެއަށް ތެޔޮކޮޅު އަޅައި އެހޫނުވުމުން އޭގެ ތެރެއަށް ބަރަބޯކޮޅާއި ކާފޫރުތޮޅީގެ އޮށްކޮޅު އަޅާލާށެވެ. އަދި ގިނި ވަރަށް މަޑުކޮށް ބަހައްޓައިގެން 10 ވަރަކަށް މިނެޓު ކައްކާލާށެވެ. ބަރަބޯކޮޅަށް ރަން މުށި ކުލައެއް އަރާނެއެވެ ދެން ހަކުރު އަޅައިގެން ރަނގަޅަށް އެއްކޮށްލުމަށްފަހު އިތުރު 15 ވަރަކަށް މިނެޓު ވަންދެން ދޭތެރެ ދޭތެރެއިން ހަލާލަމުން ކައްކާށެވެ.

މިއީ ލޮނުމެދު.ކޮމްގައި ޝާއިއުކޮށްފައިވާ ރެސިޕީއެކެވެ.