ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ޙުސައިން ޝަމީމަށް ހަމަލާދީ ޒަޚަމްކޮށްލި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

Ads by Asuru

ފުލުހުން މިރޭ ބުނީ ޝަމީމަށް ހަމަލާދިން މައްސަލައާ ގުޅިގެން އިއްޔެ 22 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ޝަމީމަށް ހަމަލާ ދިނީ ސައިކަލެއްގައި އައި ދެ މީހަކެވެ. މަރުތޭލަކުން ޝަމީމަށް ދިން ހަމަލާގައި އޭނާގެ ވައަތުގައި ރެނދެއްލާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެ ހަމަލާ ދިނީ ދުރާލާ ރާވައިގެންނެވެ. އަދި ހަމަލާދިން މީހުން ތިބީ މޫނު ނިވާކޮށްގެން ކަމަށްވެސް ބުނެފައިވެއެވެ.