މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ ސްޓޭޓް މިނިސްޓަރު ހުސެއިން އިސްމާއިލް މަގާމުން ވަކިކޮށްފިއެވެ.
އޭނާ އަކީ އެމްއެންފީގެ ނައިބު ރައީސްގެ މަޤާމުގައި ވެސް ހުންނެވި ފަރާތެކެވެ.
ހުސައިން އެގްރިކަލްޗާ މިނިސްޓަރުގެ މަޤާމަށް އައްޔަނުކުރެއްވީ، މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. އޭނާ ވަކި ކުރި ސަބަބެއް ސާފެއް ނޫނެވެ.
އެގްރިކަލްޗާ މިނިސްޓްރީގައި އިތުރު ދެ ސްޓޭޓް މިނިސްޓަރުން މިހާރުވެސް ތިއްބަވައެވެ.
