ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

Ads by Asuru

ބްރިޖުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ރައީސް ސޯލިހު މިހާރު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ދެ ގައުމުގެ ވެރިން އިންޑިއާގައި ބްރިޖުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވިއިރު މާލޭގައިވެސް މި މަޝްރޫއު ފެށުމުގެ ރަސްމިއްޔާތު ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިމަސައްކަތް މިއަދު ރަސްމީކޮށް ފެއްޓެވުމުގެ ގޮތުން ބްރިޖުގެ ފުރަތަމަ ތަނބުގެ ކޮންކްރީޓް ގަނޑު އަޅުއްވައި ދެއްވީ ރައީސް ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. މިއީ ތިލަމާލެ ބްރިޖުގެ ތަނބުތަކުގެ ތެރެއިން މާލޭ ކޮޅުން ބްރިޖް ފަށާ ތަނބެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރަސްމިއްޔާތުގަ އިންޑިއާގެ އެހީއާ އެކު ރާއްޖޭގައި ކުރިއަށްދާ މަޝްރޫއުތަކާ ގުޅޭ މައުލޫމާތުވެސް ވަނީ ދީފައެވެ.

ބްރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފެށިއިރު، ސަރުކާރުގެ އަމާޒަކީ  އަންނަ އަހަރުގެ ޖުލައި ނިމުމުގެ ކުރިން މާލެ އާއި ވިލިމާލެ ބްރިޖުން ގުޅާލުމެވެ.