ޕޮޓޭޓޯ ޕައި އަކީ ވެސް ރޯދަ ވީއްލަން ހަދާލަން ރަނގަޅު އެއްޗަކަށް ވާނެއެވެ.

Ads by Asuru

ބޭނުންވާ ތަކެތި

1 ކިލޯ އަލުވި (ފޮތިކޮށް ކޮށާފަ)

40 ގ ބަޓަރު

3/1 ޖޯޑު ފުށް

2 ފިޔާ (ކުދިކޮށް ކޮށާފަ)

1 ލީޓަރ ކިރު

½ ސަމްސާ އަސޭމިރުސް

½ ސަމްސާ ލޮނު

ޗީޒް

ހަދާނެ ގޮތް:

ފުރަތަމަ ޕައި ސޯސް ހެދުމަށް.ތަވައެއްގައި ބަޓަރު ކޮޅު ވިރެންދެން ހޫނު ކުރާށެވެ. އެއަށްފަހު، ފުށްކޮޅު އަޅާ އެއްކޮށްލާށެވެ.

ދެން އޭގެ ތެރެއަށް ކިރު ކޮޅުއަޅާ އޮލަވަންދެން ކައްކާށެވެ. ސޯސްގެ ތެރެއަށް ޗީޒްވެސް އެޅިދާނެއެވެ.

ސޯސްކޮޅު އެއްކޮށް އޮލަ ވުމުން އޭގެތެރެއަށް އަސޭމިރުސް އަދި ލޮނުކޮޅު އަޅައި ހޫނު ކުރުމަށްފަހު އުނދުން ނިއްވާލާށެވެ.

އެއަށްފަހު ޓްރޭއެއްގައި ސޯސްކޮޅުގެ އެއްބައި އެޅުމަށްފަހު އޭގެމަތިން އަލުވި ފޮތިތައް އަތުރާށެވެ. އަދި އޭގެމަތިން ފިޔާތައް އަތުރާލުމަށްފަހު ބާކީހުރި ސޯސްކޮޅު އެއްކޮށް އަޅާ ރީތިކޮށްފަތުރާ ލާށެވެ. އެދި އޭގެމަތިން އަލުވި ފޮތިތައް އެތުރުމަށްފަހު މަތި ފޮރުވެންދެން ޗީޒް އަޅާށެވެ. އެއަށްފަހު އަވަނުގައި 35 މިނެޓް ވަންދެން ފިހެލާށެވެ.