ދުބާއީގައި ހުންނަ، މި ދުނިޔޭގެ އެންމެ އުސް ބިނާ ކަމުގައިވާ، ބުރުޖު ހަލީފާގެ މަތިން ވިދާލި ވިދުވަރަކާއިއެކުގައި ފަލަސްތީނުގެ ޗާޓު ސިފަވެ، އެތައް ބަޔަކަށް ހައިރާާކަން ލިބިއްޖެއެވެ.

Ads by Asuru

ފަލަސްތީނުގެ ޣައްޒާއަށް އެއްގަމު މަގުންނާއި ވައިގެ މަގުން ޔަހޫދީން ހަމަލާތައް ދެމުން އަންނަތާ ފަސް މަސް ދުވަސްވީއިރު ވެސް އަދިވެސް ހަމަލާބަދަލުކުރުން މެދުކަނޑާލަން ނުވިސްނައެވެ.

އިޒްރޭލުން ވަނީ ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭނެ މަގުތައް ވެސް ބަންދުކޮށް، ފަލަސްތީނުގެ ރައްޔިތުން ބަނޑުހައިހޫނުކަމަށް ދޫކޮށްލާފައެވެ.

އިޒްރޭލާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަމުން އަންނަ މި ދަނޑިވަޅުގައި ދުބާއީގެ ފޮޓޯ ނަގާ މީހެއް ކަމުގައިވާ ޒޮހައިބް އަންޖުމްގެ ކެމެރާގެ ލެންސަށް ވަރަށް އާދަޔާ ހިލާފު މަންޒަރެއް މިވަނީ އަރާފައެވެ.

އޭނާ ނަގާފައިވާ ފުޓޭޖަކުން ފެންނަނީ، ބުރުޖު ހަލީފާގެ މަތިން ވިދާލި ވަގުތެއްގައި ފަލަސްތީނުގެ ޗާޓާ ވައްތަރުކޮށް، ޗާޓެއް ކުރެހުނު މަންޒަރެވެ. މި ވީޑިއޯއަށް 12 މިލިއަން ވިއުސް ލިބުނުއިރު، ކޮމެންޓު ކުރި ގިނަ މީހުން ބުނީ، މިއީ އެންމެން ފަލަސްތީނަށް އެހީވާން ލިބުނު އިޝާރާތެއް ކަމަށާއި، ފަލަސްތީނަށްޓަކައި ދުނިޔެ ތެދުވާން ވެއްޖެ ކަމަށެވެ.

ވަރަށް ގިނަ މީހުންގެ ސަމާލުކަން ލިބުނު މި ވީޑިއޯގެ ސައްހަކަން ކަށަވަރު ނުވާ ކަމަށް ބޭރުގެ ރިޕޯޓުތައް ބުނެއެވެ.

ޮޔަހޫދީންގެ ހަމަލާތައް އަދިވެސް ހުއްޓާފައި ނުވާއިރު، ހަމަލާތަކުގައި ފަލަސްތީނުގެ 31،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.