ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ހެންވޭރު އުތުރު ދާއިރާގެ ގެތަކުގައި ދޮރުން ދޮރަށް ހިންގަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި ހަރަކާތުގައި އެމަނިކުފާނުގެ އަރިހުގައި، އެ ދާއިރާއަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރައްވާ އަހުމަދު އައިފާން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސް މުއިއްޒު މާލޭގެ ގެތަކަށް ޒިޔާރަތް ކުރައްވަން ފެއްޓެވީ މި މަހުގެ 18 ‏ވަނަ ދުވަހުއެވެ.

އެމަނިކުފާނު ގެންދަވަނީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން، މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ޖަގަހަތައް ހުޅުވައިދެއްވައި، ރައްޔިތުންނަށް ގިނަ މެސެޖުތަކެއް ދެއްވަމުންނެވެ.

ސަރުކާރުން ރައްޔިތުންނަށް ގިނަ ކަންތައްތައް ކޮށްދޭން ވައުދުވެފައިވާއިރު، އެކަންކަން ކޮށްދެވޭނީ، ސަރުކާރަށް އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެ މެމްބަރުން އިންތިހާބު ކޮށްގެން ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވެއެވެ.

 

ި