ރަމަޟާންމަހުގެ ފަހު 10 ބަންދުކުރެއްވީ ރޭއަޅުކަމާއި ހެޔޮ އަމަލުތަކަށް ފުރުސަތު ދެއްވުމަށްކަމަށް މިއަދުގެ ރައީސްގެ ޖަވާބު ފަށްޓަވަމުން ރައީސް ވިދާޅުވެއްޖެއެވެ.
މި މޭރުމުން ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރަމަޟާންމަހުގެ ފަހު 10 ގެ ދުވަސްތައް ސަރުކާރު ބަންދުކުރައްވަން ނިންމެވީ، ރޭއަޅުކަމަށް ފުރުސަތުދެއްވައި، މި ދުވަސްތަކުގައި އެންމެ ހެނދުނާ އޮފީހަށް ދިއުމުގެ ބުރަ ލުއިކޮށްދެއްވުމަށްކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައިވަނީ ރަމަޟާންމަހުގެ ފަހު 10 ގެ ދަރުމަ ދިވެހި ރައްޔިތުންނަށް ލިބުން އެދިވަޑައިގެން ދުޢާވެސް ކުރައްވާފައެވެ. އަދި ރަމަޟާންމަހުގެ ފަހު 10 ގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާ، އަޅުކަން ގިނަކުރުމަށް އެމަނިކުފާނު ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.
ރައީސް ވަނީ ފަހު 10 ގައި ކޮންމެހެން ހިދުމަތަށް ނުކުންނަން ޖެހޭ ސަރުކާރު މުވައްޒަފުންނަށް ހާއްސަ އިނާޔަތެއް ދެއްވުމަށްވެސް ނިންމަވާފައެވެ.
ސަރުކާރުން މިހާތަނަށް ރައްޔިތުންނަށް އެންމެ ގިނަ ލުއި ހޯއްދަވައިދެއްވި ރަމަޟާން މަހަށް މިއަހަރުގެ ރަމަޟާން މަސްވާއިރު، މިފަހަރުގެ ރަމަޟާން މަހު ކާބޯތަކެތީގެ އަގު ބޮޑުވިޔަ ނުދޭން ހާއްސަ ފިޔަވަޅުތަކެއް ވެސް ސަރުކާރުން ވަނީ އަޅާފައެވެ. އަދި ރޯދަ ހަދިޔާ ރައްޔިތުންނަށް ބައްސަވާ، ރޯދަމަހު ކަރަންޓާ ފެނުގެ ބިލުތައް ބޮޑުވިޔަ ނުދޭން ބިލްތަކުން ޑިސްކައުންޓެއް ދެއްވައި ވަކި މިންވަރެއް މައާފްކޮށްދެއްވާނެކަންވެސް ރައީސް ވަނީ އިއުލާންކުރައްވާފައެވެ.
އަހަރު ތެރޭގައި އަންނަ އެންމެ ހެޔޮކަން ބޮޑު ރޭ ކަމުގައިވާ ލައިލަތުލްޤަދްރު ވަނީ ރޯދަމަހުގެ ފަހު 10 ގެ ތެރޭގައެވެ. ފަހު 10 ގައި އަޅުކަން އިތުރުކުރުމަށް މުޅި އުންމަތަށް ކީރިތި ރަސޫލާ ވަނީ އިރުޝާދު ދެއްވާފައެވެ. އަދި އެކަލޭގެފާނުގެ ސުންނަތަށް ބަލާއިރު އެކަލޭގެފާނު އެންމެ ދީލަތިކަމާ އިހްސާންތެރިކަން އިތުރުކުރެއްވީ ރަމަޟާންމަހުގެ ފަހު 10 ގައެވެ.
އިސްލާމްދީންމަތީ ރާއްޖެ ހޭދަކުރި 897 އަހަރުގެ ތާރީހަށް ބަލާއިރު، މިއީ ރަމަޟާންމަހުގެ ފަހު 10 ރައްޔިތުންނަށް އަޅުކަމަށް ހާއްސަކޮށްދޭން މިފަދަ ނިންމެވުމެއް ދައުލަތުން ނިންމެވިކަން އެނގެން އޮތް ފުރަތަމަ ފަހަރެވެ.

މިފުރުސަތު ފުރަތަމަ ފަހިކޮއް ދެއްވީތީ ފައްފަށުން ސުކުރު ދަންނަވަން އަދި ހެޔޮކަންކަން ކުރުމްމަތީ ދެމިހުރެ އަދި ނުބައި ކަން ކަމުން މިރާޖެ ސަލާމަތްކުރުން މަތީ ދެމިހުރުމައް ދަންނަވަން
އަސްލު ތިޔަވަރުގެ ވެރިއެއް ނެއް ސާބަސް