ޖިންސީ އަނިޔާގެ އެތައް މައްސަލައަކާ ގުޅިގެން އެމްޑީޕީ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުން ވަކިކުރި އަލީ ވަހީދުގެ މަޖިލިސް ޓިކެޓު އެ ޕާޓީން އަތުނުލާތީ މިހާރު ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ ކޮންގްރެސް ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ފަރާތުން މަޖިލިސް އިންތިހާބަށް ކަނޑައަޅުއްވާފައިވާ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ މިދަފަ އަނިޔާތަކުގެ ތުހުމަތުކުރެވޭ މެމްބަރުން އެމްޑީޕީގެ ފަރާތުން މަޖިލީހަށް ވާދަކުރައްވާއިރު، އެ މައްސަލަތަކާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީން އަދިވެސް ތިބީ ހަނުކަމަށެވެ.
ހީނާ ވިދާޅުވީ މީގެ ކުރިން އެމްޑީޕީން އެފަދަ މައްސަލަތަކާ ގުޅޭގޮތުން އަޑުހަރުކޮށް ވަކާލާތުކުރަމުން ދިޔަ ނަމަވެސް، މިފަހުން އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުންވެސް އެއްވެސް އެއްޗެއް ބުނެފައި ނުވާކަމަށެވެ. ހީނާ ވިދާޅުވީ އެފަދަ މައްސަލަތައް ތުހުމަތުވާ ބޭފުޅުން މަޖިލީހަށް ހޮވުމަކީ މަޖިލީހަށް އިންތިހާބުވާ އަންހެން ބޭފުޅުންނަށްވެސް ހުރި ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ.
ހީނާ ވިދާޅުވީ މިއީ ސަރުކާރުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެމްޑީޕީގެ ލީޑަރޝިޕުން ހާއްސަކޮށް އަލީ ވަހީދުގެ މައްސަލައާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައި ނުވާތީ އެއީ އެމްޑީޕީގެ އުސޫލާ އެއްގޮތް ކަމެއްތޯ ހީނާ ވަނީ ސުވާލުއުފައްދަވާފައެވެ.
އެންމެ ފުރަތަމަ ކޮވިޑް ތެރޭގައި މި މައްސަލަތައް ފެންމަތިވީ. ޖިންސީ ގޯނައިގެ ޝިކާރައަކަށްވި ކުދިން ގޮވައިގެން ކުރީގެ ޖެންޑަރ މިނިސްޓްރީން އޭރުގެ ރައީސް އިބްރާހިމް ސޯލިހްގެ އަރިހަށް ގެންދިއުމުން އެ ކުދިންގެ ވާހަކަތައް އަޑުއައްސަވާފައި ވަރަށް ބޮޑަށް ކީރިތި ކުރެއްވި ކަމަށްވޭ. ހަބަރުތަކުގެ ހެޑްލައިންތަކުގައި އޮތް އެ ވާހަކަ. އޭގެ ދުވަސްކޮޅެއް ފަހުން އަލީ ވަހީދު ފުރައިގެން ދިއުމުން ފާހަގަކުރެވުނީ މައްސަލަ އޮއްބާލުމަށްޓަކައި އޭރުގެ ސަރުކާރުން އޭނާ ފުރުވާލީކަމަށް.
ހީނާ ވިދާޅުވީ އަލީ ވަހީދު ކޯޓަށް ހާޒިރުވާން އަމުރު ނެރުނު ނަމަވެސް އޭނާ ކޯޓަށް ހާޒިރުނުކުރެވުމުން އެންމެ ފަހުން ޖެހުނީ ކޯޓު އަމުރުވެސް ބާތިލުކުރަން ކަމަށެވެ. އޭގެ ފަހުން ޔޫކޭގައި ހުންނަވައިގެން އަލީ ވަހީދު ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ސަރުކާރުގެ އިސްވެރިންގެ އަގު ވެއްޓޭނެފަދަ ވާހަކަތަކެއް އޭނާ އަތުގައި އެބަހުރިކަމަށާއި އެ ވާހަކަތައް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށެވެ.
ހީނާ ވިދާޅުވީ އޭގެ ފަހުން ޖިންސީ ގޯނާގެ މައްސަލައަށް އެއްވެސް ކުރިއެރުމެއް ނާންނައިރު، ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އަލީ ވަހީދަކީ ސިޔާސީ ކުރިމަގު އޮތް ބޭފުޅެއް ކަމަށެވެ. އެހެންކަމުން އަލީ ވަހީދަށް ރައީސް ސޯލިހް އެހީތެރިވެދެއްވާނެކަމަށް ވިދާޅުވި ވާހަކަ ހީނާ ވަނީ ފާހަގަކުރައްވާފައެވެ.
ހީނާ ވިދާޅުވީ އަނެއްކާވެސް އޭގެ ދުވަސްކޮޅެއް ފަހުން އަޑުއިވިގެން ދިޔައީ އަނިޔާގެ ޝިކާރައަށްވި ވިކްޓިމްސް އެމީހުންގެ ބަޔާންތައް އަނބުރާ ގެންދިއުމުން މައްސަލަ ނިމުނުކަމުގެ ވާހަކަ ކަމަށެވެ. އެއާއެކު އަލީ ވަހީދު އަނބުރާ ރާއްޖެ އައިސް އެމްޑީޕީއާ ގުޅިވަޑައިގެން އެ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރައްވަން ނިންމެވިކަން ހީނާ ފާހަގަކުރެއްވިއެވެ.
އަލީ ވަހީދުގެ ޖިންސީ ގޯނާގެ މައްސަލައާ ގުޅޭގޮތުން އެމްޑީޕީން އެއްވެސް އެއްޗެއް ބުނެފައި އަދި އެއްވެސް ފިޔަވަޅެއްވެސް ނާޅާ ތިބީ، އެނާގެ އަތުގައި އެމްޑީޕީގެ އިސްބޭފުޅުންގެ އަގު ވެއްޓޭނެ ވަރުގެ މައުލޫމާތު ހުރީމަތޯ ހީނާ ވަނީ އެ ޕާޓީއާމެދު ސުވާލު އުފައްދަވާފައެވެ.
ހީނާ ވިދާޅުވީ ސޯޝަލް މީޑިއާގައި ލީކުވެފައިވާ ވިކްޓިމްސްގެ ބަޔާންތަކުން އެނގުނީ ކަންބޮޑުވާ މިންވަރަށް ކަންތައްތަކެއް ހިނގާފައި ހުރި ކަމަށާއި އެއީ ނުދައްކާ ދޫކޮށްލެވޭނެ ވަރުގެ ވާހަކަތަކެއް ނޫން ކަމަށެވެ.
ޢެމް ޑީ ޕީ ގެ ވެރިކަން ފެށިގެން އައީވެސް ސަފާރީ ރޭޕް ކޭސް އަކުން ކަން ހަދާންކުރަންޖެހޭ. ޢެހެންވީމަ ދެންވެސް ހިނގީ އާކަންތަކެއްނޫން މުޅި 5 އަހަރު ދިޔައީ އެގޮތުގަ.