ފިތުރު އީދު ދުވަހު ހަވީރު މާލެ ސަރަހައްދުގައި އުޅަނދު ދުއްވުން މަނާކޮށްފިއެވެ.

Ads by Asuru

މިކަން ހާމަކޮށް މާލެ ސިޓީ ކައުންސިލުން ބުނީ އީދު ދުވަހު ހަވީރު 4:00އިން 6:00 އަށް އުޅަނދު ދުއްވުން މަނާކޮށްފައި ވަނީ އީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކަމަށެވެ. އަދި ދުއްވުން މަނާ ގަޑިތަކުގައި އެމަޖެންސީ ހާލަތުގައި ދަތުރުކުރާ އުޅަނދުތަކަށް ދޫކުރާ ހާއްސަ ސްޓިކާ ސިޓީ ކައުންސިލްގެ އާންމު ހިދުމަތާއި ބެހޭ ބައިން އެފަދަ ހިދުމަތްތައް ދޭ އުޅަނދުތަކަށް އީދު ދުވަހުގެ ހެނދުނު 10:00އިން ހަވީރު 4:00އަށް ދޫކުރާނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން އިތުރަށް ބުނީ އީދު ދުވަހު ހަވީރު އިންޖީނުލީ އަދި ބެޓެރި އުޅަނދު ދުއްވުމަކީ މަނާ ކަމެއް ކަމަށެވެ. އަދި އެފަދަ ވެހިކަލް ދުއްވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

އީދާ ދިމާކޮށް މާލެ ސަރަހައްދުގެ މަގުތަކުގައި އުޅަނދު ދުއްވުން މަނާ ކުރުމަކީ ފަހަކަށް އައިސް ކޮންމެ އަހަރަކު ވެސް ކުރާ ކަމެކެވެ.