ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، މިއަދު ހުޅުމާލެ ދެކުނު ދާއިރާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރައީީސް މުއިއްޒު ހުޅުމާލެ ދެކުނުގައި ”ދޮރުން ދޮރަށް“ ހަރަކާތް ފައްޓަވާނީ، މިއަދު 1:15 ހާއިރު ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މައުލޫމާތު ދެއެވެ.
މިއަދުގެ ހަރަކާތުގައި ރައީސް އެންމެ ފުރަތަމަ ވަޑައިގަންނަވާނީ، ހުޅުމާލެ ފޭސް1ގެ އަޒީޒާ މިސްކިތް ކައިރިއަށެވެ. އެއަށްފަހު، ފޭސް2އަށް ވަޑައިގަންނަވާނެއެވެ. އެތަނުގައި ޑޯ ޓު ޑޯ ފައްޓަވާނީ، ރިތިގަސް ހިނގުން، ނިރޮޅިމަގު އިންޓަރސެކްޝަން ކައިރިންނެވެ.
ެމި މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނަށް ރައީސް މުއިއްޒު ”ދޮރުން ދޮރަށް“ ހަރަކާތް ފެއްޓެވީ މިދިޔަ މަހުގައެވެ.
އެމަނިކުފާނު މާލެ ސަރަހައްދުގައި ފެއްޓެވި މި ހަރަކާތުގައި މިހާތަނަށް ގިނަ އަވަށްތަކަށް ވަޑައިގެން، ގެތަކަށް ވެސް ޒިޔާރަތް ކުރައްވާފައިވެއެވެ.
ޕީއެންސީގެ ޓިކެޓުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަ ކުރައްވަނީ ޝާނީޒް ހާޝިމްއެވެ.
އަދި ރޭގަނޑު ބާއްވާ ކެންޑިޑޭޓުންގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުތަކުގައި ވެސް ރައީީސް ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.
