ރާއްޖޭގައި ކުލަގަދަކޮށް އީދު ފާހަގަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅުވެރިކަން ކުރާ ރަށްތައް ދިއްލުމަށްޓަކައި ބާއްވާ ”އީދު އަލު“ ހަރަކާތް އެމަނިކުފާނު މިރޭ އިފްތިތާހް ކޮށްދެއްވުމަށް ހަމަޖެހިއްޖެއެވެ.
މިރޭ 9:30 ގައި ޖުމްހޫރީ މައިދާނުގައި މި ހަރަކާތް ބާއްވާއިރު، ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅުވެރިކަން ކުރާ ރަށްތައްވެސް އެވަގުތު ދިއްލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިރޭގެ ރަސްމިއްޔާތުގައި ޖުމްހޫރީ މައިދާނުގައި ގާއިމްކޮށްފައި ހުރި ފެންއަރުވާ ވަޑާންވެސް މަރާމާތުކުރުމަށްފަހު އަލުން އިފްތިތާހު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތަކީ އާއްމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ރަސްމިއްޔާތެކެވެ.
މިފަހަރުގެ ފިތުރު އީދު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި އީދު ސަލާމް ކުރުމުގެ ފުރުސަތު ވެސް އޮންނާނެއެވެ. އީދު ސަލާމް ކުރުން އޮންނާނީ މުލިއާގޭގައެވެ.
