މާލޭގައި މިރޭ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަޑައިގަންނަވާ އެ ސަރަހައްދުގެ ހާލަތު ބައްލަވައިފިއެވެ.

Ads by Asuru

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މ.ރަބީއުގޭގެ ހަތަރުވަނަ ފަންގިފިލާގައި ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައިނުވާއިރު، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ވަނީ މިހާރު އަލިފާންގަނޑު ނިވާލާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާކަމުގެ މައުލޫމާތު އަދި ލިބިފައެއް ނުވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަ ގޮތަށް އެ ގޭގައި ވަރަށް ބޮޑަށް ރޯވެ އަނދަމުންދާ މަންޒަރު ފެނެއެވެ.