އުއްމީދަކީ ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި ހިޔާ ޓަވަރުތަކަށް ލިފްޓު އިތުރުކޮށް ނިންމާލުން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު، އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތަކުގައި އެތައްހާސް ރައްޔިތުން ދިރިއުޅެމުން އަންނައިރު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި، ހިޔާގެ ކޮންމެ ޓަވަރަކަށް ދެ ލިފްޓު އިތުރު ކުރުން ހިމެނެއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފެށުމަށް ހިޔާގެ ދެވަނަ ޓަވަރުގައި ބޭއްވި ރަސްމިއްޔާތުގައި ފަޒުލް ވިދާޅުވީ، އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރާނީ، ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލު ކުރުމަށް ކަމަށެވެ.

އަދި ހުޅުމާލޭގައި ހައްލު ކުރަން ޖެހޭ ގިނަ މައްސަލަތަކެއް ހުރިކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. އެކަންކަން ހައްލު ކުރަން، މަސައްކަތްތައް ފަށާފައިވާއިރު، ބައެއް ކަންކަން މިހާރު ވެސް ކުރިއަށްދާ ކަމަށް ފަޒުލް ވިދާޅުވިއެވެ.

”އެޗްޑީސީން މަސައްކަތް ކުރާނީ، އަޅުގަނޑު ކުރީން ވެސް ދެންނެވިހެން، މައްސަލަތައް ހައްލުކޮށް، ރައްޔިތުންނަށް ދުޅަހެޔޮ، ނޫނީ ލުއި ފަސޭހަ ގޮތްތަކެއް ތައާރަފު ކުރުމަށް.“ ފަޒުލް ވިދާޅުވިއެވެ.

ފަޒުލް އިތުރަށް ވިދާޅުވީ، ހުޅުމާލެ ފޭސް1 އަދި 2 އަށް ދިމާވެފައިވާ ހައުސިން، ލައިޓިން އަދި ޕާކިން އާއި ޓްރެފިކުގެ މައްސަލަތައް ހައްލު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެޗްޑީސީން ފަށާފައިވާ ކަމަށެވެ.