ދިވެހި ގައުމުގެ މިސްރާބު މިހާރު ހުރީ ރަނގަޅަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މީސްމީޑިއާ މެދިވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ޑރ. ޝަހީމް ވިދާޅުވީ ރައްޔިތުން ސާބިތުކަމާއެކު ރައީސް ޑރ.މުހައްމަދު މުއިއްޒު އާއިއެކު ކުރިއަށް ދިއުމަކީ ހައުމަށް އެންމެ ފައިދާވާނެ ގޮތް ކަމަށެވެ.

”ގައުމުދާންވީ ކުރިއަށް. ގައުމުގެ މިސްރާބު ހުރީ ރަނގަޅަށް.”ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަން ކުރައްވަމުން ގެންދަވަނީ އެއްވެސް ރައްޔިތަކު ތަފާތު ނުކޮށް ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރައްވައިގެން ކަމަށެވެ.

އެހެންކަމުން ރައީސަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމުގައި ވެސް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.