އައްޑޫ ސިޓީގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އާރްޑީސީ)ގެ އޮފީހެއް ހުޅުވައިފިއެވެ.

Ads by Asuru

އެ އޮފީސް ހުޅުވާފައި ވަނީ އައްޑޫ ސިޓީގެ ހިތަދޫގައެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އޮފީސް ހުޅުވައިދެއްވީ އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ އިބްރާހިމް ޝަރީފް މުޙައްމަދެވެ.

އެ ރަސްމިއްޔާތުގައި އާރުޑީސީ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓ) އަލީ ޒުހައިރާއި ކޯޕަރޭޝަންގެ އިސްވެރިންނާއި ސަރުކާރު އިދާރާތަކުގެ އިސްވެރިންނާއި އައްޑޫ ސިޓީގެ ކަމުވޮށިގެންވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އައްޑޫގެ މަގުތައް ހެދުމުގެ މަޝްރޫއު އަދިވެސް ދަނީ ކުރިއަށެވެ.

މި މަޝްރޫއު އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދަން މި ސަރުކާރުން ނިންމާފައިވާއިރު ކުރީ ސަރުކާރުން 60 ކިލޯމީޓަރު މަގު ހަދަން ނިންމާފައި އޮތީ ސިމެންތި ބޭސް ލޭޔަރ އަޅައިގެންނެވެ.

ނަމަވެސް އެމަގުތައް ތާރު އަޅައިގެން ތަރައްގީ ކުރަން މި ސަރުކާރުން ވަނީ ނިންމާފައެވެ.

އައްޑޫ މަގުތައް ހެދުމަށް ގާތްގަނޑަކަށް 18 މިލިއަން ޑޮލަރު ހަރަދުވާނެއެވެ.