ސަރުކާރު ކެންޑިޑޭޓުންނަށް ދޭ ވޯޓަކީ ނަތީޖާ ނެރެން ދޭ ވޯޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އައްޑޫ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިހާރު މާލެ ސިޓީގައި ކުރިއަށްދާ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، ރައްޔިތުންނަށްޓަކައި ހުރިހާ ވަގުތެއްޓައިމެ، މަސައްކަތް ކުރާނެ ސަރުކާރެއް ހޮވުމަށްފަހު، އެ ސަރުކާރަކަށް އެއްބާރުލުން ދޭނެ ކެންޑިޑޭޓުން ވެސް ހޮވަން ޖެހޭ ކަމަށެވެ.

އަދި ގައުމަށް ހަމަޖެހުން ގެނައުމުގެ ވިސްނުން، ހުރިހާ ރައްޔިތުން ވެސް އިސް ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނަކީ ހަމަނުޖެހުމަށް ފުރުސަތު ދެއްވާނެ ބޭފުޅެއް ނޫން ކަމަށާއި، ވޭތުވެ ދިޔަ 5 މަސް ދުވަސް ތެރޭގައި ސިޔާސީ ގޮތުން ހިޔާލު ތަފާތު ވެގެން އެއްވެސް މީހަކު ފުލުހުންގެ އިދާރާއަށް ހާޒިރު ކޮށްފައި ނުވާ ކަމަށެވެ.

”މީގަ ކުރީގަ ފެނުނީ ކޮން ތަނެއްތޯ؟ ރައީސްކަން ކޮށްފިއްޔާ، އޮޓެމެޓިކުން ޖަލަށް.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ގައުމުގައި ތިބި އިންޑިއާ ސިފައިން ވެސް، މިހާރު ރާއްޖެއިން ފައިބަމުންދާ ކަމަށާއި، އަންނަ މެއި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ދާއިރު، ބޭރުގެ އެއްވެސް ސިފައިންގެ މީހަކު މި ގައުމުގައި ނުހުންނާނެ ކަމަށެވެ.

ި