އަންނަ އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނޮޅިވަރަމް ދާއިރާއަށް ވާދަކުރައްވާ މުހައްމަދު ނަޝީދު (މޮސްޓާ) ޕީއެންސީ/ޕީޕީއެމް ޓިކެޓުގައި ވާދަކުރައްވާ އަހުމަދު އަޝްރަފަށް ތާއިދުކުރައްން ނިންމައިފިއެވެ.

Ads by Asuru

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހދ. އަތޮޅު ކެމްޕޭނު ޒޯނުގެ ލީޑަރަކަށް ހަމަޖައްސާފައިވާ ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލު، މިރޭ މިކަން ވަނީ ހާމަކޮށްދެއްވައިފައެވެ.

އެކްސްގައި ޕޯސްޓެއް ކުރައްވައި ޝަކީލު ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހަމަޖެހުމާއި އަދި ރައްކާތެރިކަމުގެ ސިޔާސަތު ބަލައިގަނެ މޮސްޓާ ޕީއެންސީ/ޕީޕީއެމްގެ ކެންޑިޑޭޓަކަށް ތާއިދުކޮށް ކެމްޕޭނާ ގުޅިވަޑައިގެންފައިވާ ކަމަށެވެ.

ޕީޕީއެމް/ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުން ފެންނަ މޯސްޓާ މަޖިލީހަށް ހޮވިވަޑައިގަތީ އަމިއްލަ ގޮތުންނެވެ. މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް މޮސްޓާ ތާއީދު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަށެވެ.