ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގައި ބަރު އުޅަނދުތައް ދުއްވުން މަނާކޮށްފިއެވެ.

Ads by Asuru

މާދަމާގެ ހެނދުނު 8 އިން 5:30 އަށް ވޯޓުލުން ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިންނާއި ފުލުހުން ވެސް ވަނީ ވޯޓުލާ ވަގުތު ބަރު އުޅަނދުތައް ދުއްވުން މަނާކަން އިއުލާނު ކޮށްފައެވެ. މާދަމާ އުޅަނދުތައް ދުއްވުން މަނާކޮށްފައިވާ ހަތަރު ކެޓަގަރީގައިވެސް ހިިމެނެނީ ބަރު އުޅަނދު ފަހަރެވެ.

އެގޮތުން C2 ކެޓަގަރީގައި ހިމެނެނީ މުދާ އުފުލާ އުޅަނދުގެ ގޮތުގައި ބޭނުންކުރާ 2 ޓަނުން ފެށިގެން 4 ޓަނު ހަމަނުވާ މުދާ އުފުލާ އުޅަނދުތަކަށްވާއިރު C0 ކެޓަގަރީގައި ހިމެނެނީ މުދާ އުފުލާ އުޅަނދުގެ ގޮތުގައި ބޭނުންކުރާ 4 ޓަނުން ފެށިގެން މަތީގެ މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދު ފަހަރެވެ.

އޭގެ އިތުރުން D ކެޓަގަރީގައި ހިމެނެނީ ތިން އެކްސެލްއަށްވުރެ ގިނަ އެކްސްއެލް ހުންނަ އުޅަނދަށްވާއިރު E ކެޓަގަރީގައި ހިމެނެނީ B,C ނުވަތަ D ކެޓަގަރީގެ އުޅަނދެއްގައި ޓްރެއިލަރެއް ޖަހައިގެން ދުއްވާ އުޅަނދު ފަހަރެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނީ އެ އެންގުމާއި ހިލާފުވާ ފަރާތްތަކާމެދު އެއްގަމުދަތުރުފަތުރުގެ ގާނޫނުގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.