މިއަދު ކުރިއަށްދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަވަހަށް ވޯޓު ލާން ނުކުތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ވޯޓުލުމަކީ ހުރިހާ ރައްޔިތުންގެވެސް ހައްގެއް ކަމަށެވެ. އަދި ހުރިހާ ރައްޔިތުންވެސް ވޯޓު ލުމުގެ ހައްގު އަވަހަށް އަދާކުރެއްވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ރައީސް ވަޑައިގެންނެވީ ތާޖުއްދީން ސްކޫލަށެވެ.
މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 5:30 ގެ ނިޔަލަށެވެ.
