މިއަދު ކުރިއަށްދާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓުލުމުގައި މިހާތަނަށް 70 ހާހަށްވުރެ ގިނަ މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ބުނެފިއެވެ.
އީސީން ބުނީ މިއަދު 11 ޖެހުމާ ހަމައަށް 70,949 މީހުން ވޯޓުލާފައިވާކަމަށެވެ. އެއީ 29,762 އަންހެނުންނާއި 41,187 ފިރިހެނުންނެވެ.
އީސީން ބުނީ 75.08% މީހުން އަދި ވޯޓުލުމުގެ ހައްގު އަދާނުކުރާ ކަމަށެވެ.
މިފަހަރުގެ މަޖިލިސް އިންތިހާބުގައި 284,663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 139,361 އަންހެނުންނާއި 145,302 ފިރިހެނުންނެވެ.
މި އިންތިހާބުގައި 603 އަށް ވުރެ ގިނަ ވޯޓްފޮށި ބަހައްޓާފައިވާއިރު ރާއްޖެއިން ބޭރުގެ ތިން ގައުމެއްގައިވެސް ވަނީ ވޯޓު ފޮށި ބަހައްޓާފައެވެ. އެއީ އިންޑިއާ، ސްރީ ލަންކާ އަދި މެލޭޝިއާގަ އެވެ. އެ ގައުމުތަކުގައި ވެސް ވޯޓްލުން ކުރިއަށް ގެންދަނީ ރާއްޖޭގައި ވެސް ވޯޓްލާން ކަނޑައަޅާފައިވާ ގަޑިތަކާ ދިމާވާ ގޮތަށެވެ.
