ރައްޔިތުންގެ މަޖިލީހުގެ މިއަދު ކުރިއަށް ދިޔަ އިންތިހާބުހައި ހަވީރު ފަހެއް ޖެހުމާއި ހަމައަށް 207,693 މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންއިން ބުނެފިއެވެ.

މިހާރު ވޯޓި ފޮށިތައް ވެސް ވަނީ ބަންދު ކޮށްފައެވެ.

އީސީން ބުނީ 5 ޖެހުމާއި ހަމައަށް %72.96 އިންސައްތަ މީހުން ވޯޓުލާފައިވެއެވެ. އޭގެ ތެރޭގައި 104,826 ފިރިހެން ބޭފުޅުންނާއި 102,867 އިންހެން ބޭފުޅުން ވޯޓުލާފައިވެއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓުލާންނުކުތް މިހުންނާއި ބަލައި މި އިންތިހާބުގައި ވޯޓުލާން ނުކޮތް މީހުންގެ އަދަދު ގިނަކަން އިލެކްޝަންސްއިން ވަނީ ފާހަގަކޮއްފައެވެ.

މިއަދުގެ 5 ޖެހުމާއި ހަމައަށް 76,970 މީހުން ވޯޓްނުލާ ކަމަށްވެސް އިލެކްޝަންސްއިން ހިއްސާކޮއްފައިވާ މައުލޫމާތުން ދައްކައެވެ. 284،663 މީހުން މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.