ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރުކަން ޕީއެންސީގެ ކެންޑިޑޭޓު އިބްރާހިމް ޝުޖާއު ކާމިޔާބުކުރައްވައިފިއެވެ.

Ads by Asuru
ބާރަށު ދާއިރާއަށް ވާދަކުރެއްވި ތިން ކެންޑިޑޭޓުންގެ ތެރެއިން ޕީއެންސީގެ ޝުޖާއު ވަނީ 957 ވޯޓު ކާމިޔާބުކުރައްވައިފައެވެ. ޝުޖާއު އަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ބާރަށު ދާއިރާގެ މެމްބަރުކަން ކުރެއްވި ބޭފުޅާއެވެ.
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އަލީ އަޝްގަރަށް ލިބިވަޑައިގަތީ، 133 ވޯޓު ލިބިވަޑައިގަތެވެ.

މިފަހަރުގެ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓަކު ވާދަކުރެއްވިއިރު، އިންތިހާބުގައި 284،663 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިފައިވެއެވެ.