މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވިލިމާލެ ދާއިރާ އަށް ވާދަ ކުރެއްވި މުހައްމަދު އިސްމާއީލް ކާމިޔާބު ކުރައްވައިފިއެވެ.

Ads by Asuru

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، މުހައްމަދު އިސްމާއީލް މި ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ ވިލިމާލޭގައި ބެހެއްޓި 5 ވޯޓުފޮށީގެ ތެރެއިން ފުރަތަމަ ފޮށިން 357 ވޯޓު، ދެވަނަ ފޮށިން 286 ވޯޓު، ތިން ވަނަ ފޮށިން، 247 ވޯޓު، ހަތަރު ވަނަ ފޮށިން 159 ވޯޓު އަދި ފަސް ވަނަ ފޮށިން 172 ހޯދައްވާ ޖުމުލަ 1221 ވޯތު ހޯދައްވައިގެންނެވެ.

މިއީ ވިލިމާލޭ ދާއިރާއަށް ލިބުނު 69.3 އިންސައްތަ ވޯޓެވެ.

މުހައްމަދު މީގެ ކުރިން ވެސް މަޖިލީހުގެ މެމްބަރުކަން ކުރެއްވިއެވެ. އޭނާ އަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހޯރަފުށި ދާއިރާ ތަމްސީލު ކުރެއްވި މެމްބަރެވެ.