ގދ ތިނަދޫ ދެކުނު ދާއިރާގެ ވޯޓު ފޮއްޓެއް އަލުން ގުނުމަށް އެ ދާއިރާއަށް ޕީއެންސީގެ ފަރާތުން ވާދަކުރެއްވި އަބްދުﷲ ޝަރީފުގެ ފަރާތުން ހުށަހަޅައިފިއެވެ.

Ads by Asuru
ތިނަދޫގައި ހުންނަ ނެޝަނަލް ޔުނިވާރސިޓީ ހޯލް ގައި ބެހެއްޓި ފަސް ނަންބަރު ވޯޓް ފޮށި އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ ޝަރީފުގެ މަންދޫބެއް ނެތި ވޯޓު ގުނުން ކުރިއަށް ގެންދިޔަ މައްސަލައެއްގައެވެ.

ޝަރީފުގެ ކެމްޕެއިން އޮފިޝަލަކު ވިދާޅުވީ ވޯޓު ގުނުމަށް ވޯޓު ކަރުދާސް ތަރުތީބުކުރި އިރު ފެންނަން ހުރި ވޯޓު ކަރުދާސްތަކާއި ގުނި އިރު އަދަދު ބޮޑުތަނުން ތަފާތު ކަމަށެވެ. އެހެންވެ އަލުން ވޯޓު ގުނުމަށް އެފަރާތުން ވަނީ  ހުށަހަޅާފައެވެ.

ތިނަދޫ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އަމިއްލަ ގޮތުން ވާދަ ކުރެއްވި މުހައްމަދު އަލްސަން އަހުމަދުއެވެ. އޭނާ 870 ވޯޓު ހޯއްދެވިއެވެ. ޝަރީފުއަށް ލިބިވަޑައިގަތީ 799 ވޯޓެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެރިކަން ކުރާ ޕާޓީ ޕީއެންސީ އަށް ވަނީ 66 ގޮނޑިއާއިއެކުގައި މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިފައެވެ.

ަ

ަ