ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)އަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިފައި ވިޔަސް، އެ ޕާޓީން، މައިނޯރިޓީއަށް ބިރު ނުދައްކާނެ ކަމަށް އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް(ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

Ads by Asuru

އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީން 66 ‏ގޮނޑި ކާމިޔާބު ކުރިއެވެ.

މިއަދުގެ ޖަލްސާގައި ސަލީމް ވިދާޅުވީ، އެމްޑީޕީން މެޖޯރިޓީއާއިއެކު މަސައްކަތް ކުރީ، އާރާ ބާރުގެ ބޭނުންކޮށްގެން ސަރުކާރުގެ ވެރިން ނަފްސާނީ ގޮތުން ބަލިކަށި ކޮށްލުމަށް ކަމުގައެވެ.

”‏ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާއަށް ޖެއްސެން އޮތް ދައްޗާ އުނދަގުލަކާ ޖައްސައިގެން، ރައީސުލްޖުމްހޫރިއްޔާ ވެސް ނަފްސާނީ ގޮތުން ބަލިކަށި ކޮށްލުމަށްޓަކާ ކުރި މަސައްކަތަކީ ވަރަށް ވިޔާނުދާ އަމަލެއް.“ ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ އާރާއި ބާރަކީ އެއް ބައެއްގެ އަތުގައި އަބަދު އޮންނާނެ އެއްޗެއް ނޫން ކަމަށެވެ. އާރާއު ބާރާއި މުއްސަނދިކަމަކީ ލިބި، ގެއްލިދާ އެއްޗެއް ކަމަށާއި، މިކަމުން އިބުރަތް ލިބިގަނެ، އެއްވެސް ބަޔަކަށް ބިރު ދައްކާ، އަނިޔާވެރިވާން ނުވާނެ ކަމުގައި ވެސް ސަލީމް ވިދާޅުވިއެވެ.