ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ފުރޮޅާލައި، ހުޅުމާލެ ފޭސް އެކެއްގައި އެކްސިޑެންޓެއް ހިނގައިފިއެވެ.

Ads by Asuru

ފުލުހުން ބުނީ، މި އެކްސިޑެންޓު ހިނގައިގެން، ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ، ފަތިހު 5:35 ހާއިރު ކަމަށެވެ.

މި އެކްސިޑެންޓުގައި، ކާރުގެ ފަހަތުގައި އިން އަންހެނަކަށް އަނިޔާވެ، ހުޅުމާލެ ހޮސްޕިޓަލުގައި ަދަނީ ފަރުވާ ދެމުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެ މީހާގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބެއެވެ.

ކާރު ދުއްވަން އިން މީހާގެ ލައިސަންސް ހިފަހައްޓާފައިވާއިރު، ކާރު ޓޯ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.