މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހު ރަޝީދުގެ ސަސްޕެންޝަން އުވާލައިފިއެވެ.

Ads by Asuru

މިފްކޯއިން މިއަދު ބުނީ ސީއީއޯ ޝަމާހުގެ ސަސްޕެންޝަން އުވާލިކަން ޕީސީބީން އެންގުމާ އެކު ކުންފުނި ހިންގުމުގެ މަސައްކަތްތަކަށް އޭނާ އޮފީހަށް ނުކުންނަވާފައިވާ ކަމަށާއި، އެ ކުންފުނީގެ ހިންގުމުގެ ކަންކަން ހަމަޖައްސަން އުފެއްދި އިންޓެރިމް ކޮމިޓީ ވެސް އުވާލާފައިވާ ކަމަށެވެ.

ޝަމާހުއާ ގުޅޭގޮތުން ކޯޕަރޭޓް ގަވަނަންސް އާ ގުޅުން ހުރި މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށް ބުނެ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އޭނާ ދެ ހަފްތާއަށް ސަސްޕެންޑް ކުރީ މާޗް މަހުގެ 18 ގައެވެ.

އަދި މާޗު 31ގައި، އޭނާގެ ސަސްޕެންޝަން އިތުރު 21 ދުވަހަށް ދަންމައިލިއެވެ.