ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 51އަށް ތިރި ކުރެވިއްޖެނަމަ، 31 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، ގާނޫނުގައި މިހާރު އޮންނަ ގޮތުން ކޮންމެ ދައުރަކުން މަޖިލީހުގެ މެންބަރުން އިތުރުވަމުންދާ މައްސަލައިގައި މިއަދު ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ނާޒިމް ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ނިސްބަތަށް ބަލައި ކޮންމެ 10،000 މީހަކަށް މެންބަރެއް ހުރުމަކީ އެންމެ އެކަށީގެންވާ ގޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އޭރުން މަޖިލީހުގައި ތިއްބަވާނީ 52 މެންބަރުން ކަމަށާއި އެ އަދަދަށް މެންބަރުން މަދު ކުރެވިއްޖެނަމަ، 31 މިލިޔަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ހަމައެކަނި މަޖިލިސް މެންބަރުންގެ އަދަދާއި މެންބަރުންގެ މުސާރައިގެ ވާހަކަ ދައްކާލައިފައި ނިންމާލެވޭކަށް ނެތް ކަމަށާއި، މަޖިލީހުގެ އިތުރުން ކައުންސިލްތަކުގެ މެންބަރުންގެ އަދަދުވެސް މަދުކުރަންޖެހޭ ކަމަށެވެ.
ނާޒިމް ވިދާޅުވީ، މީގެ ކުރިން އޮތް 19ވަނަ ރައްޔިތުންގެ މަޖިލީހުގައި ސެކްރެޓަރީ ޖެނެރަލްގެ މަގާމާ އެކު ކައުންސިލަރުންގެ އަދަދު އިތުރު ކުރުމުން، ދައުލަތުގެ މާލީ ބުރަދަން އިތުރުވެފައިވާ ކަމަށެވެ.
އެހެންކަމުން ކައުންސިލް މެންބަރުންގެ އަދަދާއި އެ މެންބަރުންގެ މުސާރަތައް މަދުކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
އާބާދީގެ ކޮންމެ ފަސްހާސް ރައްޔިތަކަށް މެންބަރެއްގެ ހައިސިއްޔަތުން މަޖިލީހަށް މެންބަރުން އިންތިހާބު ކުރަން ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އިރު، 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހާ ހަމައަށް 16 މެންބަރުން މަޖިލީހަށް އިތުރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަމަ ނަމަ ވިޔަކަސް ނުވާނެ ކުރީމަ ވާނީ މަޖިސް މެމްބަރުން އަތްމަތީގަ އޮްތް ކަމެއް އެހެން ބަޔަކައް ކިހިނެއތޯ ކުރެވޭނީ ކުރިން ވެސް މެމްބަރަކު 3 ފަހަރައް ތިޔަ މެމްވަރުން އިތުތުވިޔަ ނުދޭން އިސްލާހު ހުށަހެޅި އެކަމު ވޯޓްދީގެން ފާހެއް ނުވިި