ނޮޅިވަރަމް ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު ރަޝީދު ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ) އާ ގުޅިވަޑައިގެންފިއެވެ.

Ads by Asuru

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މުހައްމަދު ރަޝީދު އިންތިހާބުވެވަޑައިގަތީ އަމިއްލަ ގޮތުން ވާދަކުރައްވައިގެންނެވެ.

ރަޝީދު ޕީއެންސީއާ ގުޅިވަޑައިގެންފައިވާކަން އެޕާޓީން ޔަގީން ކޮށްދެއެވެ.

ރަޝީދުގެ އިތުރުން އަމިއްލަ ގޮތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވި ހަ މެންބަރަކުވެސް ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.

މިއާއެކު 20 ވަނަ މަޖިލީހުގައި އެ ޕާޓީ ތަމްސީލު ކުރައްވާނެ މެންބަރުންގެ އަދަދު ވަނީ 73 އަށް އަރައިފައެވެ.

 

ޕީއެންސީ އަށް ސޮއި ކުރެއްވި އިތުރު މެންބަރުން:

ޑރ. އަނާރާ ނައީމް – ހުރާ ދާއިރާ

ހަސަން ޒަރީރު – މަތިވެރި ދާއިރާ

އަހްމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ

އަޙްމަދު ރިޔާޒް – ތިމަރަފުށި ދާއިރާ

ޔާސީން  – ނައިފަރު ދާއިރާ

އާޒިމް އަބްދުލް އަޒީޒް – ވިލިނގިލި ދާއިރާ

އިލެކްޝަންސް ކޮމިޝަނުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ޕީއެންސީން އެކަނި ވެސް 66 ކެންޑިޑޭޓަކު ގޮނޑި ކަށަވަރު ކުރިއެވެ.