އަޟްހާ އީދު ފާހަގަކުރަން ބޭނުންވާ ރަށްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

Ads by Asuru

މި އަހަރުގެ އަޟްހާ އީދު ދުވަހަކީ ޖޫން މަހުގެ 17 ވަނަ ދުވަހުއެވެ.

މިއަހަރުގެ އަޟްޙާ އީދު ރާއްޖޭގެ ތިން ރަށެއްގައި ކުލަ ގަދަކޮށް ފާހަގަ ކުރުމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ.

ރަށްރަށަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އަޟްޙާ އީދު ފާހަގަކުރާނެ ރަށެއް ކަނޑައެޅުމުގައި ބަލާނީ އީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި، ކައުންސިލުން ކުރާނެ ހަރަދުތަކާއި، އަދި އަގެއް ނުނަގާ އެރަށަކުން ކޮށްދޭނެ ކަންތައްތަކުގެ މައްޗަށް ބަލައިގެންކަމަށް ވަނީ ބުނެފައެވެ.

އެހެންކަމުން އެ ވުޒާރާއާ ގުޅިގެން އަޟްޙާ އީދު ފާހަގަ ކުރުމަށް ބޭނުންވާ ރަށްރަށުން އަންނަ މަހުގެ 9 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން އެ ވުޒާރާއަށް ޕްރޮޕޯޒަލް އީމެއިލް ([email protected]) ކުރުމަށް ވަނީ އެދިފައެވެ.