އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ޖަލްސާތަކުގެ ޔައުމިއްޔާތަކާއި، ބަލާ މައްސަލަތަކުގައި ދޭ ބަޔާންތައް ލިޔުމަށް ބަދަލުކޮށްދޭ އެޕްލިކޭޝަން ”ކާތިބު“ ލޯންޗްކޮށްފިއެވެ.

Ads by Asuru

މި އެޕް ލޯންޗްކޮށް ދެއްވީ އެކަމަށްޓަކައި ބޭއްވި ހަފުލާއެއްގައި އޭސީސީގެ ރިޓަޔާޑް ސުޕްރިންޓެންޑެންޓް އޮފް އިންވެސްޓިގޭޝަން އަބްދުލްއަޒީޒު މޫސާއެވެ.

”ކާތިބު“ އަކީ، އެ ކޮމިޝަންގެ މަސައްކަތްތައް ޑިޖިޓަލައިޒްކޮށް އޮޓޮމޭޓުކުރުމަށް ކުރިޔަށް ގެންދާ މަޝްރޫއުގެ ދަށުން ފުރިހަމަކުރެވުނު ހާއްސަ އެއް މަސައްކަތް ކަމަށް އޭސީސީން ބުނެއެވެ.

އެގޮތުން އަލަށް ބޭނުން ކުރަން ފެށި އެޕްލިކޭޝަނަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އެހީގައި ދިވެހި ބަހުން ދައްކާ ވާހަކަ ވަގުތުން ލިޔުމާއި، ތަރުތީބުކޮށް ބެލެހެއްޓުމުގެ ގާބިލުކަން ހޯދޭނެ އެޕްލިކޭޝަނއް ކަމަށް ބުންޏެވެ.

އޭސީސީން ބުނީ މި އެޕްލިކޭޝަން ލޯންޗްކުރުމުގެ ކުރިން އެ އަށް އަހުލުވެރިވެ ފަރިތަކުރުމުގެ ގޮތުން، ހަތަރު ވަރަކަށް މަސް ދުވަހަށް އޭހެ މަސައްކަތްތައް ޓެސްޓްކޮށްފައިވާ ކަމަށެވެ.

އޭސީސީން ބުނީ ”ކާތިބު“ އަކީ ކޮމިޝަންގެ ލިޔެކިޔުންތަކުގެ މަސައްކަތަށް ބޮޑު ލުއެއް ގެނެސްދީ، މަސައްކަތްތައް އަވަސްކޮށް ދޭނެ އެއްޗެއް ކަމަށެވެ.