ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ބާއްވާ ވަޒީރުންގެ ދެވަނަ ޕަބްލިކް ފޯރަމް ހޯމަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފިއެވެ.

Ads by Asuru

ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ”އަހާ“ގެ ނަމުގައި ބާއްވާ މި ފޯރަމް އޮންނާނީ ހޯމަ ދުވަހުގެރޭ 8:30 ގައެވެ.

މި ފަހަރުގެ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އަދި ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދެވެ.

އެ ވަޒީރުންނާ ކުރަން ބޭނުންވާ ސުވާލު ފޮނުވާނީ އޭއެޗް ޖެހުމަށް ފަހު ކުޑަ ހުސްތަންކޮޅެއް ދިނުމަށް ފަހު، ސުވާލު ލިޔުމަށްފަހު 300 ނަމްބަރަށެވެ.

ދެ މަހުން އެއްމަހު ބާއްވާ މި ފޯރަމްގައި ބޭނުން ސުވާލެއް، އެ ފޯރަމްގައި އެ ވަގުތު އެ ބައިވެރިވާ ވަޒީރުންގެ ދާއިރާތަކުން ކުރަން ލިބޭނެއެވެ.

މި ސަރުކާރުން ’އަހާ‘ ފޯރަމް ފަށައި އެފަދަ ފުރަތަމަ ފޯރަމެއް ބޭއްވީ މިދިޔަ ޖެނުއަރީ މަހުގެ 25ގައެވެ.