ނުވަ މީހުންނާއެކު ފުރި ދޯންޏެއްގެ އިންޖީނު ހުއްޓި، އެމްއެންޑީއެފުން އެހީވެއްޖެއެވެ.

Ads by Asuru

އެމްއެންޑީއެފުން ބުނީ، ހއ.ފިއްލަދޫން ފުރައިގެން ކުޅުދުއްފުށި ސިޓީއަށް ދަތުރުކުރަމުން ދަނިކޮށް އިންޖީނު ހުއްޓުނު “އޮއިވާލި” ނަމަކަށް ކިޔާ ދޯންޏަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެ ދޯނި، ހއ.އަލިދޫގެ އިރުން 1 ނޯޓިކަލް މޭލު ބޭރުން އިންޖީނު ހުއްޓުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ ހުކުރު ދުވަހު ހަވީރު 17:07 ހާއިރުއެވެ.

ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ލޯންޗް އެ ސަރަހައްދަށް ގޮސް އެ ދޯނީގައި ތިބި ހަތް މީހަކު ވަނީ ރޭ 18:40 ހާއިރު ކުޅުދުއްފުށި ސިޓީއަށް ގެންގޮސްދީފައެވެ.

މި ހާދިސާގައި ދޯނިން ދަތުރުކުރި އެންމެންގެ ހާލު ވެސް ރަނގަޅެވެ. ދޯނީގެ ވެރިފަރާތުން ހަމަޖެއްސި އުޅަނދެއްގެ އެހީގައި މިހާރު އެ ދޯނި ވަނީ ކުޅުދުއްފުށީ ބަނދަރަށް ވައްދާފައި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.