ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
މެޓުން މިއަދު ބުނީ އުތުރުގެ ރަށްތަކަށް ވެސް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރި ނަމަވެސް ހުރިހާ ހިސާބުތަކަކަށް ވެސް ކަނޑުތައް މަޑު ވާނެ ކަމަށް މެޓުން ބުނެއެވެ.
އަދި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވައި ޖެހެނީ ހުޅަނގު ދެކުނާއި ހުޅަނގުން ފަސް މޭލާއި ފަނަރަ މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓުން ވަނީ ބުނެފައެވެ.